Last Updated: March 29, 10:59
Friday, March 29, 2024
ޚަބަރު

ބީއެމްއެލްއިން ގައުމީ ޓީމަށް ހަ ލައްކަ ރުފިޔާގެ އިނާމެއް!

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހަލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވައިފިއެވެ.

ގައުމީ ޓީމަށް ބީއެމްއެެލްއިން ވެދެއްވި އިނާމަކީ މިފަހަރުގެ ސާފް ސުޒުކީ ކަޕްގެ ތަށި ހޯދުމާއި ގުޅިގެން ޓީމުގައި ހިމެނޭ 20 ކުޅުންތެރިންނާއި 10 އޮފިޝަލުންނަށް ދެއްވި އިނާމެކެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްއިން ގައުމީ ޓީމަށް ދިން 600،000 ރުފިޔާގެ އަގު ހުރި ޓޯކަން، ގައުމީ ޓީމާ ހަވާލު ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑުރޫ ހީލީ އެވެ. ގައުމީ ޓީމުގެ ފަރާތުން ޓޯކަން އާ ހަވާލުވީ ޓީމުގެ ކެޕްޓަން އަކުރަމް އަބުދުލް ގަނީ އެވެ.

މި ފައިސާ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ މެދުގައި ބަހާލުމުން ކުޅުންތެރިއަކަށް 20،000 ރުފިޔާވަރު ލިބޭނެއެވެ. މީގެ އިތުރުންވެސްޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް ޓީމުގެ ކޮންމެ މެންބަރަކަށް ހާއްސަ ރީލޯޑަބަލް މާސްޓާ ކާޑެއް ބޭންކުން ވަނީ ދީފައެވެ.

ފާއިތުވި ދެ އަހަރުވެސް ގައުމީ ޓީމް ސްޕޮންސާރ ކުރި ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ފައިނަލް މެޗު ބަލަން ހުރި އިރު ހުންނެވި އިރު އާދަޔާ ހިލާފު އިހްސާސުތަކެއް ކުރެވުނު ކަމަށާއި، ރާއްޖެއިން ލަނޑު ޖަހައި ލީޑު ނެގުމުން ވަރަށް އުފާވިކަމަށެވެ. އަދި ޓީމް ހޯދި ކާމިޔާބަށް މަރުހަބާ ދެންނެވިއެވެ.