Last Updated: March 19, 09:44
Tuesday, March 19, 2024
ޚަބަރު

މައުމޫނުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް - ފޮޓޯ: އަވަސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.

ރައީސް އަބްދުﷲ ޔާމީނާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެވަޑައިގެންނެވި ހިސާބުން ރައީސް މައުމޫން ޖަލަށް ލުމަށް ހުކުމްކުރީ، ވެރިކަން ވައްޓާލަން އުޅުއްވާކަމުގެ ތުހުމަތުތަކާއި އެކުގައެވެ.

މައުމޫނުގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމަނިކުފާނު ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައެވެ.

އެ މައްސަލައިގައި މައުމޫނުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެވެ.

މައުމޫނުގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން ބޭއްވި އަޑުއެހުންތަކުގައި ދައުލަތުގެ ވަކީލުން ވަނީ ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގުމުގައި އަމަލުކުރި އިިޖްރާއާތެއް ރަނގަޅު ނޫން ކަމަށް އެއްބަސްވެފައެވެ.

އަދި މައުމޫނަށް ވަކީލުން އައްޔަން ކުރަން ވެސް ކްރިމިނަލް ކޯޓުން އެކަށީގެންވާ މުއްދަތެއް ނުދޭކަމަށް ދައުލަތުގެ ވަކީލުން ވަނީ އެއްބަސްވެފައެވެ.

ތަފްސީލް އަންނަނީ…