Last Updated: April 23, 20:38
Tuesday, April 23, 2024
ޚަބަރު

"ރައީސް ނާކާމިޔާބުވީ އަނިޔާވެރިވެ ދިވެހި ދައުލަތަކީ ތަރިކަ މުދަލެއް ކަމަށް ބަލައިގެން އުޅުމުން"

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނާކާމިޔާބުވެވަޑައިގެންނެވީ ދިވެހި ރައްޔިތުންނަށް އަނިޔާވެރިވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މުސްތަފާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މުސްތަފާ ވިދާޅުވެފައި ވަނީ ރައީސް ޔާމީން އަށް އިންތިޚާބު ނާކާމިޔާބުވީ މެޑަމް ފާތިމަތު އިބްރާހިމްގެ ސަބަބުން ނޫން ކަމަށެވެ.

އެމަނިކުފާނު ނާކާމިޔާބުވެވަޑައިގެންނެވީ އަނިޔާވެރިކަން ކުރިއަށް ނެރެ، ދިވެހި ދައުލަތަކީ ތަރިކަ މުދަލެއް ކަމަށް ބަލައިގެން އުޅުއްވުމުން ކަމަށް މުސްތަފާ ވިދާޅުވި އެވެ.

"ލިބުނު އެއްވެސް ލިބުނީ ވެސް މެޑަމްގެ ސަބަބުން"، މުސްތަފާގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އިންތިޚާބުގައި 41.6% ގެ މައިނޯރިޓީ އަކާއެކު ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ޔާމީން ވަނީ އިންތިޚާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ނިންމާލާފައި ވާއިރު، އަންނަ އާދިއްތަ އެ މައްސަލައިގެ ޙުކުމް އިއްވާނެ އެވެ.