Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ގައުމީ ޓީމުގެ ކުރީގެ ކޯޗު މަރުވެއްޖެ

ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ކޯޗުކަން ކޮށްދިން ޑެރެން ސްޓެވާޓް އިއްޔެގެ ވަގުތެއްގައި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އޮސްޓްރޭލިޔާގެ ސްޓެވާޓަކީ އޭނާގެ ކޯޗިން ކެރިއަރު ފެށުމުގެ ކުރިން ގައުމީ ލެވެލްގައި ކުޅެފައިވާ ކުޅުންތެރިޔެކެވެ. ސްޓެވާޓް އެންމެ ފަހުން ކޯޗުކަން ކޮށްދިން ޓީމަކީވެސް ދިވެހި ގައުމީ ޓީމެވެ.

ސްޓެވާޓް މަރުވެފައިވަނީ އުމުރުން 52 އަހަރުގައެވެ. މަރުގެ ތަފްސީލެއް އާއިލާއިން މިހާތަނަށް ދީފައިނުވި ނަމަވެސް ކުރިން އޭނާއާ އެއްކޮށް ކުޅުނު ކުޅުންތެރިޔަކު ވަނީ ސްޓެވާޓްގެ ކުއްލި މަރުގެ ޚަބަރާއެކު ޝޮކެއް ލިބިފައިވާ ކަމަށާއި އާއިލާއާއެކު މިހިތާމަވެރި ދަނޑިވަޅުގައި ހުރިކަން ހާމަކޮށްފައެވެ.

ގައުމީ ޓީމާއި ސްޓެވާޓް ހަވާލުވީ 2016 ވަނަ އަހަރު އޮގަސްޓު މަހުގައެވެ. އެފްއޭއެމުން ސްޓެވާޓްގެ ކޮންޓްރެކްޓު އާނުކޮށް ފޮނުވާލީ މިއަހަރު މާޗު މަހު ކޮންޓްރެކްޓް ހަމަވުމުންނެވެ. އޭނާ ފޮނުވާލީ އެދެވޭ ކުޅުމެއް އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ނުދެއްކި ގިނަ ދުވަސް ވާން ފެށުމުންނެވެ.

ސްޓެވާޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ވަނީ އޭޝިއަން ކަޕަށް ކޮލިފައިވެފައެވެ. ގައުމީ ކުރީގެ ކެޕްޓަން އަލީ އަޝްފާގް ދަގަނޑޭ ވަނީ ސްޓެވާޓަށް ތައުޒިޔާގެ މެސެޖެއް ފޮނުވާފައެވެ.