Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޕެޓްރޯލް އާއި ޑީސެލްގެ އަގަށް ބަދަލު ގެނެސްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެސްޓީއޯ އިން ބުނީ، މިއަދުން ފެށިގެން، އެކުންފުނިން ވިއްކާ ޑީސަލް ލީޓަރަކުން 66 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 42 ލާރި ބޮޑުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، މިއަދުން ފެށިގެން އެސްޓީއޯ އިން ޑީސަލް ލީޓަރެއް ވިއްކާނީ 12.09 ލާރި އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 11.39 ލާރި އަށެވެ.

އެސްޓީއޯ އިން ބުނީ ތެލުގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި އޭގެ އަގު އުފުލެމުން ދާތީ ކަމަށެވެ.

މި ބަދަލު ގެނައުމުގެ ކުރިން އެސްޓީއޯއިން ޕެޓްރޯލް ލިޓަރެއް ވިއްކީ 10.97ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 11.43ރ. އަށެވެ.

މިއީ މި މަހުގެ ތެރޭގައި އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. އެގޮތުން މިމަހުގެ ފުރަތަމަ ދުވަހު އެސްޓީއޯއިން ވަނީ ޕެޓްރޯލާއި ޑީސަލް ލިޓަރަކުން 20ލާރި ބޮޑުކޮށްފައެވެ.