Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި

ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް، ފޮޓޯ: ރާއްޖެއެމްވީ

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މިއަދު އަނެއްކާވެސް ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރު ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މާފަންނު ޖެލީ ކައިރިންނެވެ. މިހާދިސާގައި އަނިޔާވި ޒުވާނާއަށް އޭޑީކޭގައި ފަރުވާ ދެމުންދާ އިރު ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހަމަލާ އެޒުވާނާއަށް ދީފައިވަނީ އޮޅިގެންނެވެ. މިހާދިސާ އާއި ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ފަހަކަށް އައިސް މާލެ އާއި އައްޑޫގައި ސިލްސިލާ މާރާމާރީ ހިންގަމުން އަންނަ އިރު މިމަހުގެ ތެރޭގައި 14 އަހަރުގެ ކުއްޖަލު ވަނީ މަރާލާފައެވެ. މިހާދިސާއަށް ފަހު މާރާމާރީ މަދުކޮށް ކުށް މަދު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.