Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލްއަށް 365 މިލިއަނުގެ ފައިދާ

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސްއަށް 365 މިލިއަން ރުފިޔާގެ ފައިދާ ވެފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ދިވެހި ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ކުއާޓާ އާ އަޅާބަލާއިރު މިކުއާޓާގައި ބެންކަށް ވަނީ ދިހަ އިންސައްތައިގެ ކުރިއެރުމެއް ސާފު ފައިދާގެ ގޮތުގައި ލިބިފައެވެ.

އަދި މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކަށް ލިބުނު ފައިދާއަށް ވުރެ 11 އިންސައްތަ އިތުރު އަދަދެކެވެ. ބީއެމްއެލް އިން ވަނީ މިއަހަރު އިތުރު ގިނަ ލޯނުތަކެއް ތައާރަފް ކޮށްފައެވެ.

އަދި އުފެއްދުންތެރި ނޫން ލޯނުތައް މަދުކުރުމުގެ ސަބަބުން މިއަހަރު އެކުންފުންޏަށް ވަނީ ކުރިން ލަފާކުރި ވަރަށްވުރެ ވެސް ބޮޑު ފައިދާއެއް ވެފައެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ތިންވަނަ ކުއާޓަރުގައި މުޅި ރާއްޖޭގައި ޖުމުލަ 22 ސީއެސްއާރު ޕްރޮގްރާމުވެސް ހިންގާފައެވެ.