Last Updated: April 19, 22:14
Friday, April 19, 2024
ޚަބަރު

ހިމާޔަތުގައި ހުންނަވައި ޔާމީން ސަރުކާރުގެ ކަރަޕްޝަން ފަޅާއަރުވާލިން: ނަޝީދު

ރާއްޖޭން ބޭރުގައި ހިމާޔަތް ހޯއްދަވައި ހުންނަވައިގެން ރައީސް ޔާމީން ސަރުކާރުން ހިންގަމުން ދިޔަ ކަރަޕްޝަން ފަޅާ އަރުވާލިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލަންޑަންގެ ސައުތު އޭޝިއާ އިނިސްޓިޓިއުޓްގައި އިއްޔެ ނަޝީދު ކުރެއްވި ތަގްރީރެއްގައި ވިދާޅުވީ ރާއްޖޭން ބޭރުގައި ހުންނަވައިގެން ޔާމީންގެ ސަރުކާުރުން ހިންގަވަމުން ގެންދެވި ކަރަޕްޝަންގެ މައުލޫމާތު ހޯއްދަވައި އެ ފަޅާއަރުވާލެއްވިކަމަށެވެ.

ނަޝީދު ވިދާޅުވީ ގައުމުން ބޭރުގައި އެހެން ގައުމަކުން ހިމާޔަތް ހޯއްދަވައިގެން އުޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، ނަމަވެސް ސަރުކާރުން ހިންގަވަމުން ގެންދެވި ކަރަޕްޝަންގެ ކަންކަމަށް ފާރަވެރިވެ، އެކަން ފޮރުވަން ސަރުކާރުން ކުރެއްވި މަސައްކަތް ނާކާމިޔާބުކޮށްލެއްވިކަމަށެވެ. އަދި ސަރުކާރުގެ ކަރަޕްޝަންގެ ފައިދާ ނަގައި ކޯލިޝަނެއް އެކުލަވާލައި އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކާމިޔާބީ އާއި ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ ރައީސް ޔާމީނަކަށް ރައްޔިތުންގެ ބޭނުންތަކާއި އިހްސާސުތައް ނޭގުނު ކަމަށެވެ. އަދި ތަރައްޤީގެ ނަމުގައި ހިންގާ ލާއިންސާނީ ކަންކަން ރައްޔިތުން ބަލައި ނުގަތްކަމަށެވެ.

ނަޝީދު ވިދާޅުވީ ނަސްލާއި ދީން ތަފާތުވިއަސް، އެންމެން ބޭނުންވާނީ އެއް ކަމެއް ކަމަށާއި އެއީ އަސާސީ ހައްގުތައް ކަމަށެވެ.