Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އިސްތިއުފާއެއް ނުދެން، ދިޔައީ ޗުއްޓީއަކަށް: އަޝްމަލީ

photo: sun.mv

އަދާކުރަމުން ދިޔަ އެއްވެސް މަގާމަކުން އިސްތިއުފާ ނުދެއްވާ ކަމަށް ދިރާގުގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ނައިބުގެ މަގާމު ފުރުއްވަމުން ގެންދަވާ ރައީސް ޔާމީންގެ ގާތް އެކުވެރިޔާ މުހައްމަދު އަޝްމަލީ ވިދާޅުވެއްޖެއެވެ.

އަޝްމަލީއާ ހަވާލާދީ "ވަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަދާ ކުރަމުން ދިޔަ މަގާމުތަކުން މިއަދުން ފެށިގެން އިސްތިއުފާ ދީފައިވާ ކަމަށް ބުނެ އަޑު ފަތުރާފައިވަނީ އޭނާގެ ނަމުގައި ހަދާފައިވާ ފޭކު އެކައުންޓަކުންނެވެ.

އަދި މިހާރު ހުރީ ޗުއްޓީ އެއް ނަގައިގެން ކަމަށާއި އެއްވެސް މަގާމަކުން އިސްތިއުފާ ދީފައިނުވާ ކަމަށް އޭނާ ވަނީ އެ ބަސްދީގަތުމުގައި ބުނެފައެވެ.

ނަމަވެސް އަޝްމަލީ ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ބުރަކޮށް މަސައްކަތް ކޮށްދެއްވި ކަމަށާއި އޭގެ އަގު ވަޒަން ނުކުރެވި ދިޔަ ކަމަށް މަހްލޫފް ކައިރީގައި ބުނެފައެވެ. މަހްލޫފް ވަނީ އަޝްމަލީގެ ނުރުހުންތައް އޭނާގެ އިޒުނައާއެކު ސޯޝަލް މީޑިޔާގައި ހިއްސާ ކޮށްފައެވެ.