Last Updated: April 24, 21:50
Wednesday, April 24, 2024
ތިމާވެށި

މޫސުމާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބަރ ޕަބްލިކް ޗެޓެއް އުފައްދައިފި

މެޓް އޮފީސް - ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖޭގެ މޫސުމާއި ބެހޭ މުހިންމު މަޢުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވައިބަރ ޕަބްލިކް ޗެޓެއް އުފައްދައިފި އެވެ.

މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި "MV_WeatherAlertService"ގެ ނަމުގައި މި ވައިބަރ ގްރޫޕް އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ މޫސުމާއި، ބިންހެލުމާއި ސުނާމީފަދަ ގުދުރަތީ ކާރިސާތަކުގެ އެލާޓްތަކުގެ އިތުރުން ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތު ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އެހެންކަމުން މޫސުމާއި ބެހޭ މަޢުލޫމާތުތަކާއި އެލާޓްތައް ލިބިލައްވަން ބޭނުންފުޅުވާ ހުރިހާ ފަރާތްތަކުން މި ވައިބަރ ޗެޓަށް ޖޮއިން ކުރެއްވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

މެޓް އޮފީހުން މީގެ ކުރިން މޫސުމާއި ބެހޭ މަޢުލޫމާތުތައް ފޯރުކޮށްދެމުން އައީ އެ އިދާރާގެ ރަސްމީ ޓްވިޓާ އަދި ފޭސްބުކް އެކައުންޓް މެދުވެރިކޮށެވެ.