Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ދިވެހިބަހުން މޯދީ ކުރެއްވި ޓްވީޓަށް މަހްލޫފްގެ ޝުކުރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހި ބަހުން ޓުވީޓެއް ކުރެއްވިކަމީ ދިވެހިންނަށް ލިބުނު ބޮޑު އުފަލެއް ކަމަށާއި އެކަމަށްޓަކާ މޯދީ އަދި އަކިލޭޝް މިޝްރާއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ޝުކުރު އަދާކުރައްވައިފިއެވެ.

މަހްލޫފްގެ ޓްވީޓްގައި މޯދީއަށް ޝުކުރު އަދާކޮށްފައި މިވަނީ މޯދީ ދިވެހިބަހުން ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

""ވައިޝްނަވް ޖާން ތޯ" މި ލަވަ ކިޔުއްވާފައިވަނީ ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިން މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާއެވެ. ގާންދީގެ ސުލްޙައިގެ ފަލްސަފާއާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދެއެވެ." މޯދީގެ ޓްވީޓްގައި ވަނީ މިހެންނެވެ.

ދިވެހިބަހުން ޤައުމެއްގެ ބޮޑުވަޒީރަކު ޓްވީޓެއް ކުރެއްވުމުން މިއީ ކޮންމެ ދިވެއްސަކުވެސް އެކަމާއި އުފާވާނެ ކަމެއްކަން ޔަޤީނެވެ.