Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މޯދީ، ދިވެހި ބަހުން ޓްވީޓެއް ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ - ފޮޓޯ: ދި އޭޝިއަން އޭޖް

އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ، ދިވެހި ބަހުން ޓްވީޓެއް ކުރައްވައިފި އެވެ.

މޯދީ ދިވެހި ބަހުން ޓްވީޓް ކުރެއްވީ އިންޑިއާ އަށް މިނިވަންކަން ލިބުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި، މަހާތުމާ ގާންދީ އަށް އެންމެ ކަމުދިޔަ ލަވަ ކަމަށްވާ "ވައިޝްނަވް ޖާން ތޯ"، ދިވެހި ލަވަކިޔުންތެރިންތަކެއް ކިޔާފައިވާތީ އެކަމަށް އިޝާރާތްކޮށެވެ.

މޯދީ ދިވެހި ބަހުން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ "ވައިޝްނަވް ޖާން ތޯ"، މި ލަވަ ކިޔުއްވާފައިވަނީ ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިން މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާ ކަމަށެވެ.

"ގާންދީގެ ސުލްޙައިގެ ފަލްސަފާއާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދެއެވެ."، އެ ޓްވީޓްގައި މޯދީ ވިދާޅުވެފައި ވެއެވެ.

ގާންދީ ވަނީ އެ ޓްވީޓް ލެޓިން އިން ވެސް ތަކުރާރުކުރައްވާފަ އެވެ.

ގާންދީގެ 150 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން "ވައިޝްނަވް ޖާން ތޯ"، މި ލަވަ، ދުނިޔޭގެ 124 ޤައުމެއްގެ ލަވަކިޔުންތެރިން ކިޔާފައިވާކަން ފާހަގަކޮށްލެވެ އެވެ.

ގާންދީގެ އުފަންދުވަހަކީ 02 އޮކްޓޯބަރު 1869 އެވެ.