Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު

ނާދިރާ ޕީޕީއެމް މެމްބަރުންނަށް: ގުއިރޯނުގައި ޖެހިވަޑައިނުގަންނަވާ!

އިޚުލާސްތެރިކަމާއެކު ދަންނަވަން އޮތީ ރައީސް ޔާމީން ކުރައްވާ ކަންތަކުގަ ބައިވެރިވެގެން ޕީޕީއެމްގެ މެމްބަރުން ގުއިރޯނުގައި ޖެހިވަޑައިނުގަންނަވާށޭ ކަމަށް މައުމޫން އަބްދުލްޤައްޔޫމްގެ ރީޕޯމް މޫވްމަންޓް(އެމްއާރްއެމް) ގެ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ ކުރެއްވި ޓްވީޓްގައި ވަނީ ޔާމީންއާއި އޭނާގެ ވަށައިގެން 10 ފޫޓުގައި ތިބި މީހުން މިހާރު ކުރަމުންދާ މަސައްކަތަކީ އެމީހުންނަށް އިންތިޚާބު ކާމިޔާބު ނުވިތަނުގައި ބާކީތިބި މަދު މީސްކޮޅުގެ ވެސް ދުވަސްދުއްވާލުން ކަމަށެވެ.

"ޔާމީނުއާއި އޭނާގެ ވަށައިގެން 10 ފޫޓުގަ ތިބި މީހުން މިހާރު ކުރާ މަސައްކަތަކީ އެމީހުންނަށް އިންތިޚާބު ކާމިޔާބު ނުވިތަނުގައި ބާކީ ތިބި މަދުމީސްކޮޅުގެ ވެސް ދުވަސް ދުއްވާލުން. އިޚުލާސްތެރިކަމާއެކު ޕީޕީއެމް މެމްބަރުންނަށް ދަންނަވަން އޮތީ އެ ގުއިރޯނުގައި ޖެހިވަޑައިނުގަންނަވައްޗޭ." ނާދިރާ ވިދާޅުވިއެވެ.