Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

އިސްލާހު ނުވާނަމަ ޕީޕީއެމް އާއި މެދު އީސީން ފިޔަވަޅު އަޅަނީ

އިލެކްޝަން ކަމިޝަން (އީސީ)ގެ އެންގުމަށް އަމަލު ނުކުރާ ނަމަ، ޕީޕީއެމްގެ މައްސަލަ ބަލައި ޕީޕީއެމްއާ މެދު މި ހަފްތާ ފިޔަވަޅު އަޅާނެ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިހާބު އިލެކްޝަނުން އޮޅުވާލިކަމަށް ބުނެ ޕީޕީއެމްއިން އިލެކްޝަނާއި ދެކޮޅަށް ކޮންމެ ރެޔަކު އަޑުއުފުލަމުން ދަނިކޮށް އެކޮމިޝަންގެ މެމްބަރ އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ކަންމަތީގައި ތިބެގެން ޝަކުވާތަކެއް ކުރިޔަސް އީސީއަށް މަޝްވަރާއެއް ނުކުރެވޭނެ ކަމަށެވެ.

ޕީޕީއެމްއިން މަޝްވަރާ ކުރަން ބޭނުންނަމަ އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އަކުރަމް ވިދާޅުވީ ޕީޕީއެމްގެ އާލީޑަރޝިޕް އިލެކްޝަނުން ބަލައި ނުގަންނަކަމަށެވެ. އަދި އެކަން އިސްލާހު ކުރުމަށް ޕީޕީއެމްއަށް އަންގާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމްއިން ވަނީ އެޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވައި ޕާޓީގެ ލީޑަރަކަށް ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރައްވާފައެވެ. ނަމަވެސް އީސީން ބުނެފައިވަނީ ޕީޕީއެމްގެ ގައުމީ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށްކަމަށެވެ. އަދި އެ ޖަލްސާ މޮނިޓަރ ކުރި އިލެކްޝަންގެ އޮބްޒާވަރުންގެ ރިޕޯޓަށް ބަލައި އިސްލާހު ކުރަން ފޮނުވާފައިވާ ކަމަށެވެ.

ޕީޕީއެމްއިން ގެންދަނީ ކޮންމެ ރެޔަކު އިލެކްޝަންގެ މެމްބަރުން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކޮށް ވޯޓު އޮޅުވާލިކަމަށް ބުނެ އަޑުއުފުލަމުންނެވެ.