Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

މަޖްލިސް ނުބާއްވަނީ ކުރާނެ މަސައްކަތެއް ނެތިގެން: ނިހާން

އަހުމަދު ނިހާން ހުސައިން މަނިކު. ފޮޓޯ: ރާއްޖެ.އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވަނީ އެޖެންޑާ ކުރާނެ ކަމެއް ނެތިގެންކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ މަޖްލީހުގެ ޖަލްސާތައް ފެށުމަށް މަޝްވަރާ ކުރެވުމުންދާކަމަށާއި ނަމަވެސް މިވަގުތު އެޖެންޑާކުރާނެ މަސައްކަތެއް ނެތް ކަމަށެވެ.

ނިހާން ވިދާޅުވީ ޖަލްސާ ބޭއްވުމާއި ގުޅޭ ގޮތުން މަޖްލިސްގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ޕާޓީގެ މެމްބަރުންނާއި މަޝްވަރާ ކުރައްވަމުން އަންނަކަމަށެވެ. އަދި ވަރަށް އަވަހަށް އަންނަ އަހަރަށް ލަފާ ކުރޭ ބަޖެޓްގެ މަޝްވަރާއަށް މަޖްލިސްގެ ޖަލްސާތައް ބޭއްވިގެންދާނެކަމަށެވެ.

މަޖްލިސް ޖަލްސާތައް ނިބޭއްވި ނަމަވެސް ކޮމެޓީގެ ބައްދަލުވުންތައް މަޖްލިސްގައި މިހާރުވެސް ކުރިއަށްދާކަމަށް ނިހާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖްލިސް ބޮޑު ކޯޅުންގަޑެއްގެ ތެރޭގައި އޮތް އިރު މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު ރީތި ގޮތުގައި އިސްތިއުފާ ދެއްވުމަށް އިދިކޮޅު މެމްބަރުން ވަނީ ގޮވާލާފައެވެ. އަދި މަޖްލިސް ރައީސް ކަމުން މަސީހް ބޭރުކުރުމަށް އިތުބާރުނެތް ކަމުގެ ވޯޓުނެގުމަށް ޕެޓިޝަނުގައި މެމްބަރުން މިހާރުވެސް ދަނީ ސޮއި ކުރަމުންނެވެ.