ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުން މިއަދު މެންދުރު 1 ޖަހާއިރު ބާއްވަން ތާވަލް ކުރުމާއިއެކު ކޯޓު އަޑުއެހުމަށް ވަނުމަށް ސްޕްރީމް ކޯޓު ބޭރުގައި ދިގު ކިއޫ ހަދާލައިފިއެވެ.
ކޯޓު ސަރަހައްދުގައި ކިއޫގައި ގިނަ ބަޔަކު ތިބިއިރު ނަންބަރު ނަން ނޯޓު ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 އިން 12:30އަށެވެ. ސްޕްރީމް ކޯޓުގެ ޖާގަ ހުރިގޮތުން އަޑުއަހަން ފުރުސަތު ދެވެނީ 30 ވަރަކަށް މީހުންނަށެވެ.
Lucky me ??? ?????? pic.twitter.com/26fcxDYGDr
— Badruddeen ❓????⚖️?? (@Badruddeen) October 21, 2018
ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް ހުށަހެޅި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެދުވަހުގެ ޝަރީއަތުގައި މައްސަލަ ހުށަހެޅުއްވި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ސިއްރު ހެކިން ބަލައި ނުގަތުމަށް ކޯޓުން ނިންމައި ޝަރީއަތް ނިންމާލީ ދެން ބާއްވާނީ ހުކުމް ކުރުމުގެ އަޑުއެހުންކަމަށް ނިންމައެވެ.