Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އިންތިޚާބަކީ ހައްގެއް، ދިފާއުކުރުމަކީ ރައްޔިތުންގެ ހައްގު ދިފާއުކުރުން: މާރިޔާ

މާރިޔާ އަހްމަދު ދީދީ - ފޮޓޯ: އަބްދުﷲ ޝަމް (ވީނިއުސް)

ދިވެހި ރާއްޖޭގެ ގައުމީ ސިފައިން، ރައްޔިތުންގެ ހުކުމް ދިފާއުކުރާނެ ކަމަށް ބުނެ ލިޔުންތަކެއް ބެހުމާ ގުޅިގެން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ފޭސްބުކް މެދުވެރިކޮށް ސިފައިން ސިޔާސީ ނުވުމަށް އެންގުމުން އެކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު، މާރިޔާ ދީދީ ރައްދު ދެއްވައިފިއެވެ.

މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިންގެ ހުކުމް ދިފާއު ކުރާނެ ކަމަށް ސިފައިންގެ ތެރޭގައި ލިޔުންތަކެއް ބެހިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަން ހިނގުމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ސިފައިންނަށް އަމާޒުކޮށް ސިޔާސީ ނުވުމަށް އަންގާފައިވާ ކަމަށް ވެސް ޚަބަރު ލިބިފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ނަމަވެސް އިންތިޚާބަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ހައްގެއް ކަމަށްވާތީ ސިފައިން ދިފާއު ކުރަނީ ރައްޔިތުންގެ ހައްގު ކަމަށް ވިދާޅުވެ މާރިޔާ ވަނީ ޑިފެންސް މިނިސްޓަރަށް ރައްދު ދެއްވާފައެވެ.

މިއަދު ސުޕްރީމް ކޯޓަށް އިންތިޚާބު ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހުށައެޅި މައްސަލައިގެ ހުކުމް އިއްވުން ތާވަލުކޮށްފައިވާއިރު އާންމުންގެ ގިނަ ބަޔަކު ވަނީ އެސަރަހައްދަށް އެއްވެފައެވެ. އަދި ސިފައިންނާއި ފުލުހުން ވަނީ ތަނުގެ މަސްލަހަތު ބެލެހެއްޓުމަށް ހަރަކާތްތެރިވާން ފަށާފައެވެ.