Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

"އޮޅުވާލި ވޯޓު" ހުއްޓުވަން އީސީން ޕޮލިހަށް

ރައީސް ޔާމީން އިންތިޚާބުން ނާކާމިޔާބުވެ، ބަލި ގަބޫލުކުރެއްވިތާ ހަފްތާއެއް ފަހުން ޕީޕީއެމް އޮފީސް ކުރިމަތީ ކޮންމެ ރެއަކު ބާއްވަމުން އަންނަ މުޒާހަރާ، "އޮޅުވާލި ވޯޓު" ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނުން ފުލުހަށް މައްސަލަ ހުށައަޅައިފިއެވެ.

އީސީން މިމައްސަލަ ފުލުހަށް ހުށައަޅާފައި މިވަނީ ގާނޫނާއި ގަވާއިދުތަކާއި ޚިލާފަށް ޕީޕީއެމުން މިފަދަ އެއްވުން ބާއްވާތީ ކަމަށް ބުނެއެވެ.

އީސީން ބުނީ ޕީޕީއެމް އޮފީސް ކުރިމަތީގައި ބާއްވާ މުޒާހަރާއަކީ އެއްވެއުޅުމުގެ ގާނޫނާ ހިލާފު އެއްވުމެއްކަމަށެވެ. އެއްވުމާއި ގުޅޭ ގޮތުން ޕީޕީއެމްއިން ބުނެފައިވަނީ އެއީ މުޒާހަރާއެއް ނޫންކަމަށާއި އެއީ މައުލޫމާތު ދިނުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.

އީސީން ވަނީ ކަންކަން އިސްލާހު ނުކުރާނަމަ ޕީޕީއެމްއާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.