ސ. ގަމުން ދަތުރުކުރާ ފަރާތްތަކަށް ފުރުމުގެ 48 ގަޑިއިރު ކުރިން އެމީހަކު ބޭނުން މީލް ޕްލޭނެއް އޯޑަރ ކުރެވޭނެ ޚިދުމަތެއް ފެށުމަށް ސްރީލަންކަން އެއާލައިންސް އިން ނިންމައިފި އެވެ.
ސްރީލަންކަން އެއާލައިންސް އިން ބުނީ މި ޚިދުމަތް އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ ކަމަށާއި، މީލް އޯޑަރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފޭދޫގައި ހުންނަ ސްރީލަންކަންގެ ޓިކެޓް އޮފީހަށް ގުޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.
އެގޮތުން މީލްތަކުގެ އަގު އުޅެނީ 10 ޑޮލަރާއި އާއި 25 ޑޮލަރާއި ދެމެދުގެ އަގުތަކެއްގައި ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.
މީލް ޕްރީ-އޯޑަރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ސްރީލަންކަންގެ ވެބްސައިޓް، www.srilankan.com މެދުވެރިކޮށް މީލް ޕްލޭންތަކުގެ މެނޫ ބަލާލެވޭނެ އެވެ.


މީގެ އިތުރުން، ކުރިއަށް އޮތް ސްކޫލް ބަންދާއި ދިމާކޮށް ސ. ގަމާއި ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އާއި ދެމެދު ދަތުރުކުރާ ފަރާތްތަކުގެ އިތުރުން، ތައިލެންޑްގެ ވެރިރަށް ބެންކޮކުން ގަމަށް ދަތުރުކުރާ ފަރާތްތަކަށް ވަރަށް ޚާއްސަ ބެގެޖް ޕްރޮމޯޝަނެއް ސްރީލަންކަން އެއާލައިންސް އިން ފަށައިފި އެވެ.
އެގޮތުން ގަމާއި ޑާކާ އާއި ދެމެދު އަދި ބެންކޮކުން ގަމަށް ދަތުރުކުރާ ފަރާތްތަކަށް ބެގެޖް އެލަވެންސްގެ ގޮތުގައި 40ކިލޯ ލިބޭނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.
މީގެ އިތުރުން އެ އެއާލައިން އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ދަތުރުކުރައްވަން ބޭނުންފުޅު ފަރާތްތަކުން މި ހިނގާ އޮކްޓޯބަރ މަހުގެ 31ގެ ކުރިން ޓިކެޓް ނަންގަވަން ޖެހޭނެކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން މި މުއްދަތުގައި ޓިކެޓް ނަންގަވާ ފަރާތްތަކަށް ނޮވެމްބަރ 01 އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ދަތުރު ކުރެވޭނެ ކަމަށްވެސް ސްރީލަންކަން އިން ބުނެއެވެ.
އާންމު އުސޫލުން ސްރީލަންކަން އެއާލައިންސްގެ އިކޮނޮމިކް ކްލާސް ޓިކެޓްގެ ބެގެޖް އެލަވަންސް އަކީ 30 ކިލޯގްރާމެވެ.
ސްރީލަންކަންގެ މި އޮފާތަކާއި ގުޅޭ މައުލޫމާތުތަކާއި ރިޒަވޭޝަން ހެއްދުމަށް ސްރީލަންކަންގެ ޖެނެރަލް ސޭލްސް އެޖެންޓް އޮފީހުގެ ލޭންޑްލައިން ނަންބަރ 6896565 އަށް ނުވަތަ މޮބައިލް ނަންބަރ 7978966 އަށް ވައިބަރ ނުވަތަ ފޯނުކޮށްގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.
