Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ކާމިޔާބު ލިބޭނީ އަބަދުވެސް ޙައްޤަށްކަން ސުޕްރީމް ކޯޓުގެ އަމުރުން ހާމަވެއްޖެ: ޝެއިޚް އިލްޔާސް

އަބަދުވެސް ކާމިޔާބު ލިބޭނީ ޙައްޤަށްކަން ސުޕްރީމް ކޯޓުގެ އަމުރުން ހާމަވެއްޖެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝެއިޚް އިލްޔާސް ވިދާޅުވެފައި ރައްޔިތުން މާޔޫސްކޮށް، މުޖުތަމަޢު ހަލަބޮލިކޮށް، ދޮގު މަޢުލޫމާތު ފެތުރުމަކުން ބާތިލް ކުރިއެރުން ނުލިބޭނެކަމާއި، ކާމިޔާބު ލިބޭނީ އަބަދުވެސް ޙައްޤަށްކަން ސުޕްރީމް ކޯޓުގެ އަމުރުން ހާމަވެއްޖެ ކަމަށެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި، އެމަނިކުފާނާ ދެކޮޅަށް ސުޕްރީމް ކޯޓުން ޙުކުމް ކުރުމާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމްގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބު ބާތިލްކުރަންޖެހޭ އެއްވެސް އަސާސެއް ނެތްކަމަށެވެ.