މިއަދަކީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރި ވެރިކަމުގައި ރައްޔިތުންނަށް ނަސްރު ލިބުނު ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
އިލްހާމް މިހެން ވިދާޅުވެފައި ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ކަނޑައަޅައި، އިންތިޚާބު ބާތިލް ނުކުރުމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމް ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
Al’hamdhu’lillah.miadhakee RYameen ge aniyaaveri verikamuga rayyithun ah nasru libunu dhuvas.
ufaaverikamun furigenva dhuvaheh.RYameen ge fahu card ves nimijje.ekkala MPs thah touch kuran fashaifi.rayyithunge bas gadhavejje.dhen hama No choice.— Ilham Ahmed (@ilhammaldives) October 21, 2018
އެ ޓްވީޓްގައި އިލްހާމް ވިދާޅުވެފައި ވަނީ މިއަދަކީ ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަމުގައި ރައްޔިތުންނަށް ނަސްރު ލިބުނު ދުވަސް ކަމަށާއި، މިއީ އުފާވެރިކަމުން ފުރިގެންވާ ދުވަހެއް ކަމަށެވެ.
"ރައީސް ޔާމީންގެ ފަހު ކާޑުވެސް ނިމިއްޖެ. އެއްކަލަ މަޖިލިސް މެމްބަރުންތައް "ޓަޗް" ކުރަން ފަށައިފި"، އިލްހާމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
އިލްހާމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ބަސް ގަދަވެއްޖެ ކަމަށާއި ދެން ހަމަ އެހެން އެއްވެސް ގޮތެއް ނެތް ކަމަށެވެ.
ރިޔާސީ އިންތިޚާބު ބާތިލް ނުކުރުމަށާއި، ފުލުހުންނާއި ސިފައިން ވެސް އިންތިޚާބު ތަހުޤީޤުކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ އުފާ ފާޅުކުރަމުންނެވެ.