Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އަބަދުވެސް ހުންނާނި ރައީސް ޔާމީނާއެކު: އަބްދުއްރަހީމް

ކޮންމެ ގޮތަކަށް ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ދިޔަޔަސް ރައީސް ޔާމީންގެ ފަހަތްޕުޅުގައި ދެމިހުންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީނަށް އަނެއްކާވެސް ސާބިތުކަން ދައްކަވާފައި މިވަނީ، މިއަދު ސުޕްރީމް ކޯޓުން އެމަނިކުފާނުގެ ފަރާތުން އިންތިޚާބު ބާތިލު ކުރުމަށް ހުށައެޅި މައްސަލަ ބާތިލު ނުކުރެވޭނެ ކަމަށް ހުކުމް ކުރުމުންނެވެ.

ރައީސް ޔާމީނާއެކު އަބަދުވެސް ހުންނާނެ ކަމަށާއި އެމަނިކުފާނަަށްޓަކައި އަބަދުވެސް ފަޚުރުވެރިވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ ހުކުމްގެ ކުރިންވެސް ޕީޕީއެމް ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް އަޑު ފެތުރިފައިވެއެވެ.