Last Updated: July 21, 13:29
Monday, July 21, 2025
ޚަބަރު

ހުކުމުން ސާބިތުކޮށްދިނީ އަދުލު އިންސާފު ދިރި ދެމިއޮތްކަން: ގާސިމް

ޖުމުހުރީ ޕާޓީގެ ކުރީގެ ލީޑަރ ގާސިމް އިބްރާހިމް، ފޮޓޯ: މިހާރު

ސުޕްރީމު ކޯޓުން މިއަދު ކުރި ހުކުމުން ފަނޑިޔާރުން ސާބިތުކޮށްދިނީ ރާއްޖޭގައި އަދުލު އިންސާފު ދިރި ދެމިއޮތް ކަންކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބް ބާޠިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލަ ކޯޓުން ޔާމީން އާއި ދެކޮޅަށް ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ގާސިމް ވިދާޅުވީ އަނިޔާވެރިކަން އެއީ ހައްގު ނޫންކަމަށާއި، ނަސްރުލިބޭނީ ހައްގުގެ ގޮތުގައި ތިބެގެން ކަމަށެވެ.

ރިޔާސީ އިންތިހާބު އޮޅުވާލިކަމަށް ބުނެ ރައިސް އަބްދުﷲ ޔާމީން ކޯޓަށް ހުށަހެެޅުއްވި މައްސަލަ ކޯޓުން ނިންމާފައިވަނީ އިންތިހާބު ބާޠިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެއެވެ. އެއާއި އެކު އެތައް ހާސް ދިވެހި ރައްޔިތުން ދަނީ މަގުތަކަށް ނިކުމެ އުފާފާޅު ކުރަމުންނެވެ.