Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޔޫއެންޑީޕީގެ އާޓް ވޯކްޝޮޕެއް ފުވައްމުލަކުގައި

Children from Damnak Toeuk NGO are drawing UNICEF wall for celebration of International Children's Day on June 1st, 20013.

ޔޫއެންޑީޕީ މޯލްޑިވްސްގެ ފަރާތުން އާޓް ވޯކްޝޮޕެއް ފުވައްމުލަކުގައި މިމަހުގެ 28-26 އަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިމައުރަޒަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ޔޫއެންޑީޕީ އިން ކުރިއަށް ގެންދާ މައުރަޒެކެވެ. އެގޮތުން މިހަރަކާތުގެ އައްޑުއާއި ފުވައްމުލަކު އިވެންޓު އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ޕްރޮފެޝަނަލް އާޓިސްޓުންނާއެކު މިވޯކްޝޮޕް ކުރިއަށް ގެންދަން ނިންމާފައިވާއިރު ކުރިން ކުރެހުމުގެ ތަޖުރިބާއެއް ހުރުން މިމައުރަޒުގައި ބައިވެރިވުމަށް މަޖުބޫރު ނޫން ކަމަށް ޔޫއެންޑީޕީން ބުނެފައިވެއެވެ.

އެހެންކަމުން ކުރެހުމަށް ޝައުގުވެރިކަން ހުރި އުމުރުން 18 އަހަރާއި 30 އަހަރުގެ ޒުވާނުން މިލިންކަށް ވަޑައިގެން ރެޖިސްޓްރީ ވުމުގެ ފުރުސަތު މާދަމާ ރޭ 22:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

ޔޫއެންޑީޕީ އިން ބުނެފައިވަނީ މިއީ ރާއްޖޭގައި ކުރެހުމުގެ ހުނަރު ލިބިފައިވާ ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ގިރާ ކުރުމަށާއި އެޒުވާނުން މިމައިދާނުގައި ކުރިއެރުވުމަށް ކުރާ މަސައްކަތެއް ކަމަށެވެ.