Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ނަޝީދު ކޮލޮމްބޯއަށް، ދެން އޮތް މަންޒިލަކީ މާލެ؟!

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިނގިރޭސި ވިލާތުން އަނެއްކާވެސް ސްރީ ލަންކާގެ ކޮލޮމްބޯއަށް ވަޑައިގެންފިއެވެ.

މީގެ ދެއަހަރު ކުރިން 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތީ ބޭސް ފަރުވާއަކަށެވެ. ނަމަވެސް އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައި އެހިސާބުން ފެށިގެން ގައުމުން ބޭރަށް ދިރިއުޅުން ބަދަލު ކުރެއްވިއެވެ.

ނަޝީދު ވަނީ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް އަބަދުވެސް ވިދާޅުވެފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓް އިބޫ ކާމިޔާބު ކުރުމުން ނަޝީދު ވަނީ ޔަގީންކޮށް ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އިއުލާން ކުރައްވާފައެވެ.

ވީހާލެއްގައި ވާން، ނޮވެމްބަރު އެއްވަނަ ދުވަހު އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު އެމަނިކުފާނު ވަނީ އެނބުރި ގައުމަށް ވަޑައިނުގެންނެވޭނެ ކަމަށް ބުނުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ.