ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ތާވަލްކޮށްފައެވެ.
އެގޮތުން އިލްހާމްގެ މައްސަލަ ހެނދުނު 10:00 އަށް ތާވަލުކޮށްފައިވާއިރު ސައުދުގެ މައްސަލަ މެންދުރު 1:00 ގައި ބެލުމަށް ކޯޓުން ވަނީ ނިންމާފައެވެ.
މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން މިހާތަނަށް ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންއެވެ.