ކުރީގެ ފޮރިން މިނިސްޓަރ މުހައްމަދު ނަސީމް (ކެރަފާ ނަސީމް) އާއި ކުރީގެ ސްޓޭޓު މިނިސްޓަރ އަކުރަމް ކަމާލުއްދީންގެ އިތުރުން ރައީސް މައުމޫންގެ ޕާސަނަލް އެސިސްޓެންޓު އަހުމަދު ސަފްވާނުގެ ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖެ އައުމުގައި އެއްްވެސް ހުރަހެއް ނެތް ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަން އޮފިޝަލަކާއި ހަވާލާދީ ރާއްޖެއެމްވީގައި ބުނެފައިވަނީ އެތިން ބޭފުޅުން ރާއްޖެއައުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އެ ތިން ބޭފުޅުންވެސް ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅު ނަމަ މިހާރު ހުންނެވި ގައުމެެއްގެ އެމްބަސީއަށް ގޮސް ޓްރެވަލް ޑޮކިއުމެންޓަކާއި އެކު ރާއްޖެ ވަޑައިގެންނެވޭނެކަމަށެވެ.
ފުލުހުން ބަލަމުން ދިޔަ މައްސަލައަކާއި ގުޅިގެން ނަސީމް އާއި އަކުރަމް އަދި ސަފްވާން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގިއެވެ. އަދި ސަފްވާން އިންޓަޕޯލް މެދުވެރިކޮށް ހޯދަން އިއްލާން ކޮށްފައިވާ އިރު އެތިން ބޭފުޅުން ފުލުސް އޮފީހަށް ހާޒިރު ނުވުމުން ޕާސްޕޯޓު ވަނީ ކެންސަލްކޮށްފައެވެ.
ނަސީމް އާއި އަކުރަމް އަދި ސަފްވާނުވެސް ދިރިއުޅުއްވަމުން ގެންގޮސްފައިވަނީ އަވައްޓެރި ލަންކާގައެވެ.