Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ރައީސް ޔާމީނަކީ މޮޅަށް ބަލިވާން ދަންނަ ބޭފުޅެއް: ޑރ. ޖަމީލް

ރައީސް ޔާމީނަކީ އިންތިހާބު ތަކުން ބަލިވާން އެންމެ މޮޅު މީހާކަމަށް އެމަނިކުފާންގެ އިންތިހާބީ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަސުރުޚީ"ގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ އިންތިހާބުން ބަލިވާން ޔާމީނަށްވުރެ މޮޅު މީހަކު ނެތްކަމަށެވެ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން އިންތިހާބުން ބަލިވި އެންމެ ބޮޑު ސަބަބަކީ ރައްޔިތުން އަޅުވެތި ކުރުންކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު އިންތިހާބަކަށް ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުން ބޮޑުތަނުން ބަލިވުމުންވެސް ރައީސް ޔާމީނަށް އެއްޗެއް ވިސްނިވަޑައި ނުގެން އިތުރަށް ހައްދަވަމުން ދިޔައީ ބޮޑެތި ގޯސް ތަކެއް ކަމަށެވެ.

އެގޮތުން އެމަނިކުފާންގެ ވެރިކަމުގައި އަނިޔާ ނުލިބޭ ރައްޔިތަކު ހުރި ރާއްޖޭގެ އެއްވެސް ރަށެއް ނެތްކަމަށް ޖަމީލް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ޖަމީލް ވިދާޅުވީ ހައްޖަށްދާން ބޭނުންވިއަސް ދެވެނީ އެމީހެއްގެ ސިޔާސީ ފިކުރަށް ބަލައި މެޑަމް ފާޠުންގެ ކޮންމެވެސް ޖަމިއްޔާއެއް މެދުވެރިކޮށްކަމަށެވެ. އަދި އާސަންދަ ހޯދަން މުލިއާގޭގައި ކިއު ހަދައިގެން ލިބޭ 300 ޑޮލަރު އިތުރަށް ބޮޑުކޮށްދެނީ އާއިލާގެ ދެން ތިއްބެވި ބޭފުޅުންގެ ފޯމު ހިފައިގެން ދިއުމުންކަމަށެވެ.

"… އަޅުވެތިކަން ފަހަނަޅާ ހިގައްޖެ، ރާއްޖޭގެ ރަސްކަން ނިންމާލައިފި، ރައީސް ޔާމީންގެ އަމަލުތައް ބެހެއްޓެވީ ރަސްކަލެއްގެ ގޮތަށް އެހެންވެ ހުރިހާ ތަނަކަށް ރަސްފަންނާއި މިހުރިހާ ނަންތަކެއްވެސް މިކީ"

ޖަމީލް ވިދާޅުވީ ރައީސް ޔާމީން އިންތިހާބުން ބަލިވުމުގެ އަސްލަކީ އެމަނިކުފާން ރަސްކަލަކަށް ވެވަޑައިގެން ރައްޔިތުން އަޅުންކަމަށް ދެކިގެން ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ ނުހައްގުން ބޮޑެތި އަނިޔާ ދިނުން ކަމަށެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ބަލި ގަބޫލް ނުކުރެއްވިގެން އުޅެނީވެސް ރަސްކަލަކަށްވެސް ވެރިކަން ކުރުމުން ކަމަށެވެ.