Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ރައީސް ނަޝީދާއި ޝެއިޚް އިމްރާން މިނިވަން ނުކޮށް ހަމަޖެހުމެއް ނުލިބޭނެ: ސައުދު

ދިވެހި ގައުމަށް ހަމަޖެހުމެއް ލިބޭނީ ދިވެހި ގައުމު އެބަޔަކަށް ފަޚުރުވެރިވާ ލީޑަރުން މިނިވަން ވެގެން ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލީއިރު އިދިކޮޅު ހަތަރު ލީޑަރުންވެސް ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި އިރު ކުރީގެ ރައީސް މައުމޫން އަދި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް މިހާރު މިވަނީ މިނިވަންވެފައެވެ.

ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަދިވެސް މިނިވަން ނުވާތީ އިއްތިހާދުގެ ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސައުދު ވަނީ ރައީސް ނަޝީދާއި ޝެއިޚް އިމްރާނަށް ކޮށްފައިވަނީ ބޭއިންސާފު ޝަރީއަތެއް ކަމަށް ބުނެ ދެ ލީޑަރުންވެސް މިނިވަން ކުރުމަށް ގޮވާލާފައެވެ.