އެމެރިކާއިން ދިވެހި ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައެޅުއްވި އާ ސަފީރު، އަލައިނާ ޓެޕްލިޓްޒް ރަސްމީކޮށް މަގާމާއި ހަވާލުވެއްޖެއެވެ.
އަލައިނާ އަކީ އެމެރިކާއިން ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރެވެ. އޭނާ ރާއްޖެއާއި ސްރީ ލަންކާގެ ސަފީރުކަމާއި ހަވާލުވީ 2015 ވަނަ އަހަރުން ފެށިގެން އެމަގާމު ފުރުއްވަމުން އައި އަތުލް ކެޝަޕްގެ ބަދަލުގައެވެ.
ނޭޕާލްގެ ސަފީރު ކަމުގެ މަގާމު ފުރުއްވުމުގެ ކުރިން އަލައިނާ ވަނީ އަފްގާނިސްތާނާއި ބަންގްލަދޭޝް އަދި ޕާކިސްތާނުގެ އިތުރުންވެސް އޭޝިޔާގެ ގިނަ ގައުމުތަކެއްގައި މަސައްކަތް ކޮށްފައި ހުންނެވި ބޭފުޅެކެވެ. އޭނާއަކީ ޚާރިޖީ ދާއިރާގައި ގިނަގުނަ ތަޖުރިބާ ލިބިފައި ހުންނެވި ބޭފުޅެއްވެސްމެއެވެ.