Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޗައިނާ ކުންފުނިން މުވައްޒަފުން މިޔަރު ބޭނި މައްސަލަ ބަލަނީ

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ ކޮންސްޓްރަކްޝަންގެ މުވައްޒަފުން މިޔަރު މަސް ބާނާ މައްސަލައެއްގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެމައްސަލަ އެކުންފުނިން އަމިއްލައަށް ބަލަމުން އަންނަ ކަމަށް ސީސީސީސީ ގެ ތަރުޖަމާނަކު ބުނެފިއެވެ.

ކުންފުންޏާ ހަވާލާދީ "އަވަސް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުރިހާ މުވައްޒަފުންނަށް ރާއްޖެ ގެނެސް، ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގާނޫނުތަކާއި ގުޅޭ ގޮތުން މައުލުމާތު ދިން ކަމަށާއި ތަމްރީނުތައް ވެސް ހިންގުނު ކަމަށެވެ. އެހެންކަމުން މިފަދަ ކަމެއް ބަލައިނުގަނެވޭނެ ކަމަށާއި އެކަން ކުރި ބަޔަކު ހޯދައި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އެއްވެސް ބާވަތެއްގެ މިޔަރު ބޭނުމަކީ ރާއްޖޭގައި މަނާ ކަމެކެވެ. އެހެންކަމުން ހިމާޔަތްކޮށްފައިވާ މަހެއް ބާނައި، އޭގެ މަސް ކައި ނުވަތަ އުރަހަ ނަގައި އަވީގައި ލާފައި ހުރި މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އާންމުވުމާ ގުޅިގެން ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.