Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޝެއިޚް އިމްރާންގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަނީ

އަދާލަތު ޕާޓީގެ ރައީސް، ޝެއިޚް އިމްރާން އަބްދުﷲ ގެ މައްޗަށް އިއްވާފައިވާ 12 ދުވަހުގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް، އަލީ ޒާހިރު ވިދާޅުވީ ކުރިން ހުށައެޅި އިސްތިއުނާފްގެ މައްސަލަ ބަލައިގެންފައިނުވާތީ އަލުން އެމައްސަލަ މިހާރު ހުށައަޅާފައިވާ ކަމަށެވެ.

އަދި ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ލީޑަރުން މިނިވަން ކުރުން މި ޓްރާންސިޝަން މުއްދަތު ތެރޭގައި މުހިންމު ކަމަށް އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޝެއިޚް އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ 2015 ވަނަ އަހަރުގެ މޭ އެއްވަނަ ދުވަހު ކުރި ބޮޑު މުޒާހަރާގައި އެމަނިކުފާނު ދެއްކެވި ވާހަކައާ ގުޅިގެންނެވެ. އަދި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.