Last Updated: May 20, 11:52
Monday, May 20, 2024
ޚަބަރު

އައްޑޫން ގޯތި ދޫކުރުމުގެ ނަމުގައި މުއިއްޒު ހިންގާ ޖަރީމާ ހުއްޓާލުމަށް ގޮވާލައިފި

އައްޑޫ ސިޓީގެ އަވަށްތަކުން ގޯތި ދޫކުރުމުގެ ނަމުގައި ހައުސިން މިނިސްޓްރީން ހިންގަނީ ޖަރީމާ އެއް ކަމަށް އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ސިފަކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ހައުސިން މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާން ކުރީ އައްޑޫން 400 ގޯތި ދޫކުރުމަށެވެ. އެހެން ނަމަވެސް މިހާރު އިތުރު 50 ގޯއްޗެއް ދޫކުރުމަށް ހައުސިން އިން ވަނީ ނިންމާފައެވެ.މިކަމާއި ބެހޭ އެއްވެސް ތަފްސީލެއް ދިނުމަށް އައްޑޫގައި ހުންނަ ހައުސިންގެ ޑިޕާޓްމަންޓުން ވަނީ ދެކޮޅު ހަދާފައެވެ.

ހައުސިން މިނިސްޓްރީން އައްޑޫން ގޯތި ދޫކުރުން ހުއްޓާލުމަށް ގޮވާލައި ޔަސްރިފް ވިދާޅުވެފައި ވަނީ އެކަން ހުއްޓާނުލައިފި ނަމަ ރައްޔިތުން ނިކުމެ އެ މަސައްކަތް ހުއްޓުވަން ޖެހިދާނެ ކަމަށެވެ.

އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫގެ 70 އިންސައްތަ ރައްޔިތުން ތިބީ މުއިއްޒުގެ މިނިސްޓަރު ކަމާއި ދެކޮޅަށް ކަން ހާމަވެފައިވާ ކަމަށް ޔަސްރިފް ވިދާޅުވިއެވެ.