Last Updated: June 9, 20:11
Tuesday, June 9, 2026
ކުޅިވަރު

ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ: ގާޑިއޯލާ

ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިނގިރޭސި ޗެމްޕިއަން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ކެޓީ ލިވަޕޫލް އަތުން ބަލިވެގެންނެވެ. ނަމަވެސް ގާޑިއޯލާގެ ސިޓީ ޓީމުން ވަނީ މިދިޔަ ސީޒަނުގައި މިހާތަނަށް ޕްރިމިއާ ލީގު ޓީމަކުން ހޯދި އެންމެ ގިނަ ޕޮއިންޓު ހޯދާފައެވެ.

މިރޭ ޝާކްތާރު ޑޮނެސްކްއާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ މީޑިޔާއާ ބައްދަލުކޮށް ކުރި ސުވާލަކާ ގުޅިގެން ބުނެފައިވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

މިހާތަނަށް މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސިޓީ ކުޅުނު ދެމެޗުން އެއް މެޗު ކާމިޔާބު ކުރެވިފައިވާއިރު އެއްމެޗުން ވަނީ ބަލިވެފައެވެ. ލިއޯންއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ ބަލިވީ އަމިއްލަ ދަނޑުގައި ކުޅެއެވެ. ނަމަވެސް ރަށުން ބޭރުގައި ސިޓީ ވަނީ ހޮފެންހައިމް ބަލިކޮށްފައެވެ.