Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފަގީރުން އެންމެ ގިނައީ ގދ. އަތޮޅުގައި

ގދ. ފަރެސްމާތޮޑާ: ފޮޓޯ - ނަޖް

ދިވެހި ރާއްޖޭގެ ފަގީރުންގެ ނިސްބަތް މާލެއަށްވުރެ އަތޮޅުތެރޭގައި ގިނަ ކަމަށް، އަދި އެންމެ ގިނަ ފަގީރުން ނިސްބަތުން ތިބި އަތޮޅަކީ ގދ. އަތޮޅު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި މިދިރާސާގައި އަތޮޅުތެރޭގައި ފަގީރުންގެ ނިސްބަތް އުޅެނީ %12.8 ގައެވެ. މާލޭގެ ފަގީރުންގެ ނިސްބަތަކީ %1.7 ކަމަށް 2016 ވަނަ އަހަރު ހެދި މިދިރާސާއިން ދައްކާފައިވެއެވެ.

މުޅި ރާއްޖޭގެ ނިސްބަތަށް ބަލާއިރު ރާއްޖޭގެ އާބާާދީގެ 6.6 އިންސައްތަ މީހުންނަކީ ފަގީރުންނެވެ. ފަގީރުން ކަމަށް މިދިރާސާގައި ބަލާފައިވަނީ ދުވާލަކަށް ބޮލަކަށް ޖެހޭ މީޑިއަން ޚަރަދު ނުވަތަ 74 ރުފިޔާއަށް ވުރެ ދަށުން ޚަރަދު ކުރާ މީހުންނެވެ.