Last Updated: June 10, 17:47
Wednesday, June 10, 2026
މުނިފޫހިފިލުވުން

މަދޫރީގެ އައިޓަމް ލަވަ އާންމުންނާ ހަމައަށް

މި މަހުގެ 31 ގައި ރިލީޒް ކުރާ އުންމީދީ ފިލްމް "ޔެ ޖަވާނީ ހޭ ދީވާނީ" ގައި މަދޫރީ ޑިކްޝިޓްގެ އައިޓަމް ލަވައެއް ހިމެނޭކަން އެނގުމާ އެކު އެ ފިލްމަށް އިންތިޒާރު ކުރަމުން އަންނަ ބަޔަކު ތިބީ ފިލްމް ބަލާލަން ކެތްމަދުވެފަ އެވެ.

އެހެން ނަމަވެސް ދެން އިތުރަށް އިންތިޒާރު ކުރާނެ ކަމެއް ނެތެވެ. މަދޫރީގެ އައިޓަމް ލަވަ މިހާރު ވަނީ އާންމުކޮށްފަ އެވެ. ޕްރިތަމްގެ މިއުޒިކަށް ތައްޔާރުކޮށްފައިވާ ލަވަައިގައި މަދޫރީ އޭ އެކު "ޔެ ޖަވާނީ ހޭ ދީވާނީ" ގެ ލީޑް އެކްޓަރު ރަންބީރު ކަޕޫރު ވެސް ފެނިގެން ދެ އެވެ.

މިއީ "އެކް ދޯ ތީން" އާއި "ދަކްދަކް" އަދި "އަޖަ ނަޗްލޭ" ފަދަ ފާހަގަކޮށްލެވޭ ލަވަތަކުން ބެލުންތެރިންގެ ހިތްތަކާ ކުޅެލާފައިވާ މަދޫރީގެ ފުރަތަމަ އަައިޓަމް ލަވަ އެެވެ. ލަވައިގެ ކޮރިއޯ ހަދާފައި ވަނީ ފަރަހް ހާނެވެ.

މަދޫރީ އާ އެކު ލަވައެއްގައި ހަރަކާތްތެރި ވާނެ ފުރުސަތު ލިބުމުން ރަންބީރު ހުރީ ވަރަށް އުފަލުން ކަމަށްވެ އެވެ. އަދި އެ ލަވަ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް "ޔެ ޖަވާނީ ހޭ ދީވާނީ" ގެ ޓީމުން ގަބޫލް ކުރެ އެވެ.

މަދޫރީއަކީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރާ އެކު ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ ބަތަލާއެކެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަޔާން މުކަަރުޖީ ޑައިރެކްޓްކޮށްފައިވާ "ޔެ ޖަވާނީ ހޭ ދީވާނީ" ގެ ތަރިންނަކީ ރަންބީރުގެ އިތުރުން ދީޕިކާ ޕަދްކޯން، އަދިތިޔާ ރޯއި ކަޕޫރު އަދި ކަލްކީ ކޮޗިން އެެވެ.