Last Updated: May 8, 13:27
Wednesday, May 8, 2024
ޚަބަރު

މުލިއާގޭ ތެރޭގައި މެޑަމް ފާތުން ހިންގި ކަންތައް ތަހުގީގްކުރަން ގޮވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް -- ފޮޓޯ: ރައީސް އޮފީސް

އިޖްތިމާއީ ކަންކަމުގެ ނަމުގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހިންގެވި ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ކަންތައް ތަހުގީގް ކުރަން ޖެހޭނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.

އަބުޅޯ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މެޑަމް ފާތުން އިސްކޮށް ހުންނަވައި މުލިއާގޭގައި ކޮރަޕްޝަނާއި ފަސާދައަށް މަގުފައިވާ ގޮތަށް ހިންގެވި ކަންތައް ތަހުގީގް ކުރުމަށް ފުލުހުންނަށާއި އެންޓި ކޮރަޕްޝަން (އޭސީސީ) އަށް ގޮވާލާފައެވެ.


މުލިއާގެ އަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށް ވިޔަސް ރައީސް ޔާމީން ދިރިއުޅުއްވުމަށް އެ ގެކޮޅު ބޭނުމެއް ނުކުރައްވައެެވެ. އެންމެ ފުރަތަމަ ރައީސް ޔާމީން ދިރިއުޅުއްވީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުގައެވެ.

އެހެން ނަމަވެސް ފަހުން ވަނީ ނައިބު ރައީސުން ބޭނުންކުރައްވާ ހިލާލީ ގެއަށް ބަދަލުވެވަޑައިގެންފައެވެ.

ރައީސް ޔާމީން މުލިއާގޭގައި ދިރިއުޅުއްވަމުން ނުގެންދެވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މެޑަމް ފާތުން ގެންދަވަނީ އެތަނުގައި ސިޔާސީ ހަރަކާތް ހިންގަވަމުންނެވެ. އެގޮތުން މުލިއާގޭގައި ސޮދަޤާތް ފައުންޑޭޝަނުގެ ނަމުގައި އޮފީހެއް ހިންގަވައި އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ސާާމާނާއި ފައިސާ ބެހުން ކުރިއަށް ގެންގޮސްފައިވެއެވެ.