Last Updated: May 8, 20:35
Wednesday, May 8, 2024
ޚަބަރު

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާ އަށް ހުށަހަޅަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތައްޔާރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހަށް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ މެންބަރުން ހިމެނޭ ގޮތަށް 45 މަޖިލިސް މެންބަރުންގެ ސޮޔާއި އެކުގައެވެ.

މަޖްލިސްގެ ގަވާއިދުގައިވާ ގޮތުން މަޖްލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ 15 މެމްބަރުންގެ ސޮޔާއި އެކު ހުށަހެޅެއެވެ. ނަމަވެސް 2017 ޖޫން މަހުގެ ތެރޭގައި އިދިކޮޅު މެމްބަރުންނާއި ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އެކު ޖުމްލަ 43 މެމްބަރުންގެ ސޮޔާއި އެކު ހުށަހެޅުމުން އޭގެ ތެރެއިން 12 މެމްބަރުންގެ ގޮޑި ވަނީ ގެއްލުވާލާފައެވެ. އަދި މަސީހު އާއި ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށް މަޖްލިސް ރައީސްގެ އިތުބާރު ނެތްކަމަށް ކަނޑައެޅޭނީ 42 މެމްބަރުންގެ ސޮޔާއި އެކުކަމަށް މަޖްލިސް ގަވާއިދު ވަނީ ބަދަލުކޮށްފައެވެ.

މަސީހުގެ އިތުބާރުގެ މައްސަލައަށްފަހު މަޖްލިސްގެ ސެކިއުރިޓީ ވަރުގަދަކޮށް މަޖްލިސް ވަނީ ސިފައިންގެ ބާރުގެ ދަށައް ގެންގޮސްފައެވެ.