Last Updated: June 11, 09:26
Thursday, June 11, 2026
ޚަބަރު

ރައީސް މައުމޫން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންފި

ރައީސް މައުމޫން ފުރާވަޑައިގަންނަވަން ރޭ ވީއައިއޭގެ ވީއައިޕީގައި - ފޮޓޯ: އަވަސް

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް އާއެކު ރޭގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި އެވެ.

"އަވަސް" ނޫހުން ރިޕޯޓްކުރާ ގޮތުގައި ބޭސްފަރުވާއަށް ރައީސް މައުމޫން ވަޑައިގެންފައި ވަނީ މެލޭޝިއާއަށެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި މެލޭޝިއާގައި ދެ ހަފްތާއެއްހާ ދުވަހު ހުންނަވާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ރައީސް މައުމޫން ބޭސް ފަރުވާއަށް ފުރާވަޑައިގެންފައިވާއިރު، އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުއްވި ކަމުގެ ދައުވާ އުފުލައި، ކުށް ސާބިތުވެ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ކަފާލާތުގެ ދަށުން މައުމޫން މިނިވަން ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. މައުމޫން ދޫކޮށްލާފައިވަނީ 60،000 ރުފިޔާ ބެހެއްޓުމަށް ފަހުއެވެ.

އެމަނިކުފާނުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައެވެ.