Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

މަސީހު އިސްތިއުފާ ދެއްވަނީ!

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އަބްދުﷲ މަސީހު އިސްތިއުފާ ދެއްވަން އުޅުއްވާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

މަސީހު އިސްތިއުފާ ދެއްވަން އުޅުއްވާކަމުގެ އަޑުތަކެއް ފެތުރިފައިމިވަނީ ޕީޕީއެމްގެ މެމްބަރުންނާއި އެކު 45 މެމްްބަރުންގެ ސޮޔާއި އެކު މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މާދަމާ މަޖްލިސްއަށް ވެއްދުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

"މެޖޯރިޓީ އެމްޕީއިން އަޅުގަނޑުގެ އިތުބާރު ނެތްކަމަށް ސޮއިކޮށް އެކަން ކަށަވަރުކޮށްދެއްވާފައި ވާތީ، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ނ ގައިވާ ގޮތަށް މަޖިލިސްގެ ރައީސްކަމުން އިސްތިއުފާ ދޭން ނިންމައިފިން،" މަސީހުގެ ފޯނު ނަންބަރުން ފޮނުއްވި މެސެޖެއް ކަމަށް ބުނެ އާންމުވި މެސެޖްގައިވެ އެވެ.

މިކަމާއި ގުޅޭގޮތުން މަސީހުގެ ބަހެއް ލިބިފައި ނުވެއެވެ.

މަސީހު މަޖްލިސްގެ ރައީސްކަމުން ވަކިކުރުމަށް ހުށަހަޅަން ތައްޔާރުވެފައިވާ އިރު މިދިޔަ ޖޫން މަހުން ފެށިގެން މަޖްލިސް ޖަލްސާތައް ބާއްވަނީ އިދިކޮޅު މެމްބަރުން ނެރި މަޖްލިސްގެ 12 މެމްބަރެއްގެ ގޮޑި ގެއްލުވާލައި ސިފައިންގެ ސެކިއުރިޓީ އާއި އެކުއެވެ.