Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ލޯބިވެރިޔާގެ ފަރާތުން ޕްރިޔަންކާއަށް 6.5 މިލިއަން ޑޮލަރުގެ ގެއެއް

މަޝްހޫރު ބޮލީވުޑްގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްޅާގެ ލޯބިވެރިޔާ ނިކް ޖޯނަސް 6.5 މިލިއަން ޑޮލަރުގެ ގެއެއް ޕްރިޔަންކާއަށް ހަދިޔާ ކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޕްރިޔަންކާ އަދި ނިކް ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެ ތާރީޚާއި ބެހޭގޮތުން ވަކިއެއްޗެއް އަދި ދެފަރާތުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ނިކް މި އަގުބޮޑު ގެ ގަނެފައިވަނީ އެމެރިކާގެ ލޮސްއެންޖެލެސް އިން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެމެރިކާގެ ޕޮޕް ލަވަކިޔުންތެރިޔާ ނިކް މި ގެ ގަނެފައިވަނީ ޕްރިޔަންކާއަށް ޕްރޮޕޯސް ކުރުމުގެ ކުރިން ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ވަރަށް ހިތްގައިމު ރީތި ގެއެކެވެ.