Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ގަރާރާއެކު ނަޝީދުގެ ޝުކުރު މެމްބަރުންނަށް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް 2016 ވަނަ އަހަރު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައެޅުއްވި ގަރާރާއެކު އެމަނިކުފާނުގެ ޝުކުރު މެމްބަރުންނަށް ރައްދު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް މިއަދު ހުށައެޅި ގަރާރުގައި ރައްޔިތުންގެ މަޖިލީހުގެ 49 މެމްބަރަކު ސޮއިކުރައްވާފައި ވެއެވެ. ނަޝީދު މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅާފައި މިވަނީ އެމަނިކުފާނު މިނިވަން ކުރުމަށް އދ. ދެ ކޮމިޓީއަކުން އެމަނިކުފާނު މިނިވަން ކުރުމަށް އަންގާފައިވުމާ ގުޅިގެންނެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރުގައި މިނިވަން ކުރުމަށް އެންގި ލީޑަރުންގެ ތެރޭގައި ވެސް ނަޝީދު ހިމެނެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު 2011 ވަނަ އަހަރު އެކަހެރިކޮށް ބަންދުކުރުމުގެ ކުށުގައި ނަޝީދު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައި، 13 އަހަރަށެވެ.