Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ނަޝީދު މިނިވަން ކުރުމަށް ޕީޕީއެމްގެ 13 މެމްބަރަކު ސޮއިކުރި

ޕީޕީއެމް-އެމްޑީއޭ ކޯލިޝަނުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ، މީގެ ތެރެއިން ގިނަ މެމްބަރުން ވަނީ ރައީސް ޔާމީންގެ ފަޅި ދޫކުރައްވާފައި: ފޮޓޯ - މިހާރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައެޅި ގަރާރުގައި ޕީޕީއެމްގެ 13 މެމްބަރަކު ވަނީ ސޮއިކޮށްފައެވެ.

ރައީސް ޔާމީނަށް ރިޔާސީ ކެމްޕޭނުގައި ވެސް ތާއިދުކުރި މިމެމްބަރުން ނަޝީދު މިނިވަން ކުރުމަށް ގަރާރުގައި ސޮއިކޮށްފައިވަނީ، ޕީޕީއެމް ކައުންސިލް އަދި ޕާލަމެންޓްރީ ގްރޫޕް ތެރޭގައި ބައިބައިވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އާންމުކުރެއްވި ފޮޓޯއެއްގައި ޕީޕީއެމަށް ނިސްބަތްވާ 13 މެމްބަރުންގެ ތެރޭގައި ހިމެނެނީ:

ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު
ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު
އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން
އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް(ގާރީ)
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ރަޝީދު
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު
ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން
މާވަށު ދާއިރާގެ މެމްބަރު އަޒުހާން ފަހުމީ
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު
މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު
ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު

މިމެމްބަރުން ރައީސް ނަޝީދު މިނިވަން ކުރުމަށް ހުށައެޅި ގަރާރުގައި ފާސްކޮށްފައިވާއިރު މީގެ ތެރެއިން ގިނަ މެމްބަރުންނަކީ ރައީސް ޔާމީންގެ ކެމްޕޭޏުގައި އިސްކޮށް އުޅުއްވި މެމްބަރުންކަން ފާހަގަކޮށްލެވެއެވެ.