އޮސްޓްރޭލިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ބްރައިސް ޑޭވިޑް ހަޗެސަން، އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އަރިހަށް ޒިޔާރަތް ކުރައްވައިފި އެވެ.
ހަޗެސަން އާއި އިބޫ މިއަދު ބައްދަލުކުރެއްވިއިރު، މި ބައްދަލުވުމާއި ބެހޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބުކުރެއްވުމާއި ގުޅިގެން އެކިއެކި ފަރާތްތަކުން ދަނީ އިބޫ އާއި ބައްދަލުކުރައްވައި އަދި ފޯނުން ގުޅުއްވައި ވެސް މަރުޙަބާ ދަންނަވަމުންނެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓު ސައްޙަ ކަމަށް ސުޕްރީމް ކޯޓުން މިހާރު ނިންމާފައިވާއިރު، އަންނަ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ އިބޫ ކުރައްވާނެ އެވެ.