Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ފާރިސްގެ ޝަހުސު ދައުވާގެ އިސްތިއުނާފު އަޑުއެހުން މާދަމާ

އަހުމަދު ފާރިސް މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހުސު އޮޅުވާލިކަމުގެ ދައުވާގެ އިސްތިއުނާފު އަޑުއެހުން މާދަމާ ހައިކޯޓުގައި ބާއްވަން ތާވަލްކޮށްފިއެވެ.

ފާރިސްގެ އިސްތިއުނާފު އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ.

ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ ޕީޕީއެމްގެ މެންބަރު ކަމުން ވަކިކުރި ފަހުން ޕީޕީއެމްގެ ހުއްދައާ ނުލައި މިއަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު މޫކައި ސްއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް މައުމޫން ޕީޕީއެމްގެ ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ.

ފާރިސްވަނީ ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވެ 4 މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ. އޭނާ މިނިވަން ވެފައިވަނީ ކަފާލާތުގެ ދަށުންނެވެ.