ރައްުޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިއްޖެނަމަ މަޖްލިސް މެމްބަރުންގެ މުސާރަ 150،000 ރުފިޔާއަށް ބޮޑުކޮށް ދެއްވާނެކަމަށް ފޮނަދޫ ދާއިރާގެ މެމްބަރ އަދި ޕީޕީއެމް ނައިބް ލީޑަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
މަޖްލިސްގެ ރައިސް އަބްދުﷲ މަސީހު ބޭރުކުރުމަށް 51 މެމްބަރުންގެ ސޮޔާއި އެކު މަޖްލިސްއަށް ހުށަހެޅުމުން އަދުރޭ މިއަދުވަނީ މަޖްލިސްގެ ރައީސް ކަމަށް ޝައުގުވެރިވާކަމަށް ވިދާޅުވެފައެވެ.
Alhugan’dah Majilis Raees kan libijje nana membarunge musaara 150,000/- ah hama jahsan hushahalhaanan.IA #ManifestoAR
— Abdul Raheem Abdulla (@Banafsaa) October 24, 2018
އަދުރޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖްލިސްގެ ރައީސްކަން ލިބިއްޖެނަމަ މުސާރަ 150،000 ރުފިޔާއަށް ބޮޑުކުރުމަށް ހުށަހަޅާނެކަމަށެވެ. އަދުރޭގެ މިވާހަކަތަކަށް ސޯޝަލް މީޑިއާގައި ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ބައެއް މީހުން ބުނެފައިވަނީ އަދުރޭ ހެޑްލައިނެއް ހަދާލީ ކަމަށެވެ.
މަޖިލިސް މެންބަރުންގެ މިހާރުގެ މުސާރަ އަކީ 82،500ރ. އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 42،500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާ އާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000ރ. ހިމަނައިގެންނެވެ.
މަޖްލިސްގެ ރައީސްގެ މަގާމުން މަސީހު ދުރުކޮށް ގާސިމް އިބްރާހިމް މަޖްލިސް ރައީސަށް ގެނައުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ވަނީ ނިންމާފައެވެ.