Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ޖަލްސާތައް އަވަހަށް ފެއްޓުމަށް ގުޅިފައިވާ ޕާޓީތަކުން މަޖްލިސް ނައިބު ރައީސް ގާތު އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވީހާވެސް އަވަހަށް ފައްޓަވައި ދެއްވުން އެދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން މަޖްލިސްގެ ނައިބް ރައީސް މޫސާ މަނިކުގެ އަރިހުން އެދިއްޖެއެވެ.

ގުޅިފައިވާ ފާޓީތަކުގެ މެމްބަރުންވަނީ މިއަދު ހެނދުނު މަޖްލިސް އިދާރާގައި މަޖްލިސް ނައިބް ރައީސް އާއި ބައްދަލުކުރައްވައި ޖަލްސާތައް ފެއްޓުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އިދިކޮޅު މެމްބަރުންތަކެއް މަޖްލިސް ނައިބް ރައިސް އާއި ބައްދަލު ކުރެއްވި އިރު މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު ބޭރުކުރުމަށް އިއްޔެ 51 މެމްބަރުންގެ ސޮޔާއި އެކުވަނީ މަޖްލިސްއަށް ހުށަހަޅުއްވާފައެވެ. އެމައްސަލަ ބަލައިގަނެ މަޖްލިސް ނައިބް ރައީސް މޫސާ މަނިކު ވަނީ މަސީހު އަށާއި މެމްބަރުންނަށް ނޯޓިސް ފޮނުވާފައެވެ.

ނައިބް ރައީސް މޫސާ މަނިކު ވަނީ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު މެމްބަރުންގެ މައްސަލަތައް ވީހާ ވެސް އަވަހަކަށް ނިންމައި ދިނުމަށް އެދި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ސިޓީއެއް ފޮނުއްވާފައެވެ.