Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހުޅުދޫ މީހަކު ހޯދަނީ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ހުޅުދޫ، ހަޒާރުމާގެ، އަޙްމަދު ޔާނިސް (37އ) ކަމަށެވެ.

އަޙްމަދު ޔާނިސް އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެއެވެ.