ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފި އެވެ.
އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ރައީސް ޔާމީން، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު ކަމުގައި ހުންނެވިއިރު ހައްޔަރުކޮށް އެކަހެރި ކުރުމުންނެވެ.
ހިމާޔަތްދޭނެ ކަމަށްބުނެ އޭރުގެ މުލަކު ދާއިރާގެ މެމްބަރު، އަބްދުﷲ ޔާމީން ވަނީ އާރަށަށް ގެންގޮސް އެކަހެރިކޮށް އެރަށުގައި ބަހައްޓާފައެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ އެކަހެރިކޮށް އެރަށުގައި ބަހައްޓާފައިވަނީ ހައްޔަރުކޮށްގެން ކަމަށެވެ.
އަމީންގެ މައްޗަށް ކުރެވޭ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައެވެ.