Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ހުޅުމީދޫން މަސްތުވާތަކެއްޗާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ހޯދައިފި

ހުޅުމީދޫގައި ފުލުހުން ހަރަކާތެރި ވަނީ.

އާ އަހަރާ ދިމާކޮށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެހިތަކަކާއި އަދި ބަނގުރާ ކައްކަން ތައްޔާރުކޮށްފައިވާ ސާމާނުތަކުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ހާފް ބްލެޓް ސައިޒުގެ ޕެކެޓެއް ފުލުހުން ހޯދައިފި އެވެ.

ޑިސެމްބަރު މަހުގެ 26 އިން ފެށިގެން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ހާފް ބްލެޓް ސައިޒު ފެނިފައި ވަނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ދަންވަރު މީދޫ ބަނދަރު ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 27 އަހަރުގެ ފިރިހެނެއްގެ އަތުންނެވެ.
މިމަ އްސަލަ އާ ގުޅިގެން އޭނާ މިހާރު ވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ފުލުހުން ރަށުތެރެ ޕެޓްރޯލްކޮށް، ބަލަހައްޓަމުން ދަނިކޮށް، ބަނގުރާ ކައްކަން ތައްޔާރުކޮށްފައިވާ ސާމާނުތަކާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 25 ލީޓަރުގެ ހަމެއް ފެނިފައި ވަނީ ހުޅުދޫ ކުޅި ސަރަހައްދު ވަލު ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.